21 Aug 2015, 15:03
ހައުސިން މިނިސްޓުރީގެ ޑިޕާޓުމަންޓެއް އައްޑޫ ސިޓީ ހުޅު މީދޫގައި އިއްޔެ ހުޅުވައިފި އެވެ.
ހައުސިން މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު މިއަދު "ސަން" އަށް ވިދާޅުވީ ހުޅު މީދޫގައި ހައުސިން މިނިސްޓުރީގެ ޑިޕާޓުމަންޓެއް ހުޅުވާފައިވާ ކަމަށާއި އެތަނުން މުނިސިޕަލް ހިދުމަތްތަކުގެ އިތުރުން އެ ރަށުގެ ދަނޑުތައް އެ ޑިޕާޓުމަންޓުގެ ދަށަށް ބަދަލުވެގެން ދާނެކަމަށެވެ.
އޭނާ ވިދާޅުވީ ހައުސިން މިނިސްޓުރީގެ ޑިޕާޓުމަންޓުތައް އައްޑޫ ސިޓީގައި ހުޅުވިގެންދާއިރު އައްޑޫ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި ހައުސިން މިނިސްޓުރީން އައްޑޫ ސިޓީ ކައުންސިލަށް ޝުކުރު ދަންނަވަ ކަމަށެވެ.
ހުޅުމީދޫގައި ހައުސިން މިނިސްޓުރީގެ ޑިޕާޓުމަންޓެއް އިއްޔެ ހުޅުވިގެން ދިޔައިރު މި މަހުގެ ނުވަ ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ވެސް ވަނީ އެ މިނިސްޓުރީގެ ޑިޕާޓުމަންޓެއް ހުޅުވާފަ އެވެ.