މިއަހަރުގެ ރޯދަމަހާ ދިމާކޮށް ދަމާސްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މިއަދު ދަމާސް އިން ބޭއްވި ރަސްމިއްޔާތެއްގައި ދަމާސް ހާޑްވެއާ ފިހާރަތަކުން ވިޔަފާރި ކޮށްގެން ނަސީބުވެރި ހަތަރު ފަރާތަކުން ވަނީ އިމާމު ހޯދައިފައެވެ. އަދި ދަމާސްގެ ފަރުނިޗަރު ފިހާރައިން ވިޔަފާރި ކުރި ތިން ފަރާތަކަށް ވަނީ އިނާމު ލިބިފައެވެ.

އެގޮތުން ހާޑްވެއާ ފިހާރައިން ވިޔަފާރި ކުރި ފަރާތްތަކުގެ ތެރެއިން ހަތަރުވަނައަށް ހޮވުނު ފަަރާތަށް (ކޫޕަން ނަމްބަރު: 13291) ވަނީ އައިފޯނެއް ލިބިފައެވެ. ތިންވަނައަށްދާ ނަސީބުވެރިޔާއަށް ދޭ ޑްރޯން ލިބިފައިވަނީ ކޫޕަން ނަމްބަރު 16461ގެ ވެރި ފަރާތަށެވެ. ދެވަނައަށް ހަމަޖައްސާފައިވާ ގޮދަޑި އެނދު ލިބިފައިވަނީ ކޫޕަން ނަންބަރު 30872ގެ ވެރި ފަރާތަށެވެ. އަދި އެ ޕްރޮމޯޝަންގެ އެއްވަނައަށް ހަމަޖައްސާފައިވާ އިނާމު، ކިޗެން ސެޓު ލިބިފައިވަނީ 24367 ނަންބަރު ކޫޕަންގެ ނަސީބުވެރިޔާއަށެވެ.

ފަރުނީޗަރު ފިހާރަތަކުން ވިޔަފާރިކުރި ފަރާތްތަކުގެ ތެރެއިން ތިން ވަނައަށް ހަމަޖެހިފައިވާ ޑައިނިން ސެޓު ލިބިފައިވަނީ 04589 ނަންބަރު ކޫޕަންގެ ވެރި ފަރާތަށެވެ. ޕްރޮމޯޝަންގެ ދެވަނައަށް ހަމަޖެހިފައިވާ ސޯފާ ސެޓު، 11388 ނަންބަރު ކޫޕަންގެ ވެރި ފަރާތަށް ލިބިފައިވާއިރު އެއްވަނައަށް ހޮވޭ ފަރާތަކަށް ދޭން ހަމަޖެހިފައިވާ ބެޑްރޫމް ސެޓު ލިބިފައިވަނީ 00219 ނަންބަރު ކޫޕަންގެ ވެރި ފަރާތަށެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ދަމާސްގެ ފިހާރަތަކަށް މަދުވެގެން 200 ރުފިޔާ ހޭދަކުރި ހުރިހާފަރާތަކަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.