20 Aug 2015, 14:13
ނ. ވެލިދޫ ކައުންސިލުން އެދުނު ގޮތަށް، ކުއްތާ ބޭނުންކޮށްގެން އެ ރަށުގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެސްއޯ ފުލުހުން ކުއްތާ ބޭނުންކޮށްގެން އެ ރަށުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
"މި އޮޕަރޭޝަން ނިމުމުން އަޅުގަނޑުމެން މި އޮޕަރޭޝަނާ ބެހޭ މައުލޫމާތު ހިއްސާކުރާނަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ވެލިދޫގައި ފުރާވަރު ކުދިން މަސްތުވާ ތަކެތި ބޭނުންކުރުން އިތުރު ވަމުންދާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަން މުޅި ރަށުން ނައްތާލުމަށް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް ވެލިދޫ ކައުންސިލުން ދާދިފަހުން ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ކިބައިން އެދިވަޑައިގެންފަ އެވެ.