އައްޑޫ ސިޓީ ހިތަދޫ ޕޯސްޓު އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ ޕޯސްޓު އޮފީސް ފަޅާލައި އެތަނުން ވައްކަން ކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:00 އެހާކަށްހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ވަގަށް ގެންގޮސްފައި ވަނީ ޕޯސްޓުން ގެނެސްފައިވާ ބައެއް ތަކެތި ކަމަށެވެ. އަދި އެތަނުގައި ހުރި ތިޖޫރި ފަޅާލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ތިޖޫރިން އެއްވެސް އެއްޗެއް މަދު ނުވާނެ ކަމަށް އޭނަ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭގޮތުން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.