ލ. ގަމުގައި ގުރޫޕް ހަދައިގެން ބަދު އަހުލާގީ އަމަލު ހިންގަން ތިއްބައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ގަމުގެ ގެސްޓު ހައުސް އެއްގެ ތެރޭގައި ގުރޫޕް ހަދައިގެން ބަދު އަހުލާގީ އަމަލު ހިންގަން ތިއްބައި ފުލުހުން ރޭ ހައްޔަރުކުރީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރުކުރި މީހުންގެ ތެރެއިން އަންހެން މީހާއާއި އިތުރު ފިރިހެނެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ބާކީ ތިބި ދެ ފިރިހެނުންގެ ބަންދަށް 10 ދުވަސް ގަމު މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ރޭ ބުނީ އެމީހުން ތިބިތަން ބަލައި ފާސްކުރި އިރު، ބަދުއަހުލާގީ އަމަލު ހިންގަން ބޭނުންކުރާ ބައެއް ސާމާނު އެތަނުން ފެނިފައިވާ ކަމަށެވެ.