މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 50 ޕަކެޓާއިއެކު ކުނަހަންދޫ މީހަކު ހައްޔަރުކޮށްފި އެވެ. އެއަތޮޅު ފޮނަދޫގައި ތިބޭ ފުލުހުން ހައްޔަރުކޮށްފައި ވަނީ ކުނަހަންދޫ، ސާދީވިލާ ސަމީރު ޢަބްދުއްޞަމަދު 26، އެވެ.

ފުލުހުން ބުނީ މިދިއަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ސަމީރު ހައްޔަރުކުރީ ފޮނަދޫއިން މާވަށަށް ދާން ފެރީއަށް އަރާ އިންދާ ކަމަށެވެ.

ފުލުހުން ސަމީރު ހައްޔަރު ކުރަން އުޅުމުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ފަސް ޕެކެޓް ފެރީ ތެރެއަށް އެއްލާލާފައިވާ ކަމަށާއި އިތުރު 50 ޕެކެޓް ފެނިފައިވަނީ އޭނާ އެއްލައިލި ފަސް ޕެކެޓް ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ. ސަމީރު އެއްލައިލި ޕެކެޓްތަކުގެ ތެރެއިން ކޮންމެ ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި 10 ޕެކެޓް އޮތެވެ.