19 Aug 2015, 19:21
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އޮތް ޕިކަޕަކަށް ގެއްލުންދީ އެ ޕިކަޕުން ވައްކަން ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މުދަލަށް ގެއްލުން ދިނުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިއަދު މެންދުރު 2:10 އެހާ އިރު ހާބަރު ސަރަހައްދުން ހައްޔަރު ކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލުމުން އޭނާގެ ޖީންސްގެ ކުރިމަތީ ޖީބުން ގިނަ އަދަދެއްގެ ތަޅުދަނޑިތަކެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހަކީ މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުމުގެ މައްސަލަތަކާއި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ އިތުރުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.