ހދ. ކުމުންދޫގައި އަންހެނަކު ފެންވަރަން ހުއްޓައި ބަރަހަނާ މަންޒަރު ފޮޓޯ ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އޮރިޔާން ކާޑު އުފެއްދި މައްސަލާގައި 19 އަހަރުގެ ދެ ފިރިހެނުން ކުމުންދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ކޯޓުން ޖަހާދީފައިކަމަށް ވެސް ފުލުހުން ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެދެމީހުންނާ މެދު ތުހުމަތު ކުރެވެނީ އަންހެނަކު ފެންވަރަން ހުއްޓައި ފެންލައިޓަކުން ފޯނު ދިއްކޮށް ބަރަހަނާ ފޮޓޯ ނެގި މައްސަލަ އެއްގެ ގޮތުގަ އެވެ.