19 Aug 2015, 14:02
ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމުން ސ. ފޭދޫ، ކަޝްމީރުވާދީ، ޝާރިފް މުހައްމަދު ވަކިކޮށްފި އެވެ.
މިކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ރައީސް އޮފީހުގެ އޮފިޝަލަކު "ސަން" އަށް މިއަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އެހެންނަމަވެސް އޭނާ ވަކި ކުރެއްވި ސަބަބެއް އޮފިޝަލު ހާމައެއް ނުކުރައްވަ އެވެ.
ޝާރިފް އެ މަގާމުން މިއަދު ވަކި ކުރެއްވި އިރު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.