13 Mar 2011, 23:01
14 ވަނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމް އެން ޑީ އެފް ހޯދައިފި އެވެ.
އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދަވެރި ޕޮލިހާއި ވާދަކޮށް ފޯރިގަދަ ކުޅުމެއްގައި 59-61 ޕޮއިންޓުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ މުހައްމަދު މަހުދީ އެވެ. އޭނާ ވަނީ 17 ޕޮއިންޓް ބަޔަށް ހޯދާދީފައެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް މަހުދީގެ އިތުރުން ސިފައިންގެ ޓީމުން ދެން ހިމެނުނީ މޫސާ އިބްރާހީމެވެ. ފައިނަލުގައި ކުޅުނު ޕޮލިހުންވެސް ދެ ކުޅުންތެރިން ހިމެނުނެވެ. އެ ކުޅުންތެރިންނަކީ އަޙްމަދު ފަޒީލްގެ އިތުރުން މުހައްމަދު ހަސަން އެވެ. ސެމީން ބަލިވި ޖީއެމްއާރުން ހިމެނުނީ އަޙްމަދު އައިމަން ރަޝީދެވެ.
މުބާރާތުގެ މިިދިޔަ އަހަރުގެ ޗެމްޕިއަންކަން ޕޮލިސް ބަލިކޮށް ހޯދީ އެއާޕޯޓްސް އެވެ.