19 Aug 2015, 11:46
މިދިޔަ ސީޒަންގައި ޔޫއެފްއާ ޗެމްޕިއަންސްލީގާއި ސްޕެނީޝްލީގާއި ކަޕަޑެލްރޭ ކާމިޔާބު ކުރުމާ އެކު ބާސާގެ ސަޕޯޓަރުން އެޓީމާ މެދު އުންމީދުތަކެއް ކުރަމުން ދިޔަ އެވެ. ބާސާގެ ފުޓްބޯޅައިގެ ރަން އަހަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު 2009 ވަނަ އަހަރުގެ ކާމިޔާބު 2015 ވަނަ އަހަރު ވެސް ތަކުރާރު ކުރާނެކަމަށް ފުޓްބޯޅައިގެ ޓެކްނިކަލް ފަރާތްތަކާއި ސަޕޯޓަރުންގެ އަންދާޒާތައް ޖެހި އެވެ.
ނަމަވެސް ޔޫރަޕްގެ އާސީޒަން ފެށުމުގެ ގޮތުން ކުޅޭ ޔޫއެފްއާ ސްޕަކްޕްގައި ވެސް ވާދަވެރި ސެވިއްޔާ އަތް ދަށުނުވެ ސަލާމަތްވީ ކިރިޔާ އެވެ. އެމެޗްގެ ދެ ވަނަ ހާފުގައި ސެވިއްޔާ އިން ވަނީ 4-1 ނަތިޖާގައި އޮތްވައި ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެމެޗްގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަކުރުމުގައި ބާސާގެ ޑިފެންސްގައި ހެދުނު ފީކަޅާ މިސްޓޭކް ދައުރު ބޮޑެވެ. ނުރައްކަތެރި ގިނަ ހަމަލަތަކެއް ބާސާގެ ގޯލަށް އަމާޒުވުމުގެ އަސްލަކީ ބަސާގެ ޑިފެންސެވެ. ސެވިއްޔާގެ ވަރުގަދަ ހަމަލަތައް ހުއްޓުވުމުގައި ބާސާގެ ޑިފެންސަށް ކުރެވުނު މާބޮޑުކަމެއް ނެތެވެ. އެމެޗުން ބާސާ މޮޅުވީ ހަނި ފުރުސަތަކުންނެވެ.
ޔޫއެފްއާ ސްޕަކަޕްގެ ކަމިޔާބު ފަހްރާއެކު ބަސާއިން ދެން ކުރިމަތިލީ އަމިއްލަ ގައުމުގެ ސީޒަން ފެށުމުގެ ކުރިން ކުޅޭ ސްޕެނޝް ސްޕަކަޕްގެ ދެ މެޗަށެވެ.
ސްޕެނީޝް ސްޕަކަޕްގައި ބާސާ ލައްވަލި ނިސްބަތުން ފަސޭހަ ޓީމަކާ ދެކޮޅަށެވެ. އެތުލިޓިކް ބިލްބޯއޯގެ ދަނޑުގައި ސްޕެނިޝް ސްޕަކަޕްގެ ފުރަތަމަ ލެގްގެ މެޗްގައި ވެސް ބިލްބޯއޯއިން ބާސާގެ ގޯލަށް ހަތަރު ލަނޑު ޖެއްސެވެ. އެމެޗްގައިވެސް ބާސަގެ ޑިފެންސުން ގިނަ މައްސލަތަކެއް ފެންމަތިވިއެވެ. 4-0ގެ ނަތީޖާއަކުން ބާސާ ބަލިވިރު ގިނަބެއްގެ ފާޑު ކިޔުންތައް ބާސާގެ ކޯޗް ލުއިސް އެންރީކޭއާއި ޑިފެންސްލައިނަށް އަމާޒު ވިއެވެ.
ސްޕަކަޕްގެ ދެ ވަނަ ލެގް މެޗަށް ބާސާ ނިކުތި ފާޑުކިޔުންތެރިންގެ އަނގަ ބަންދު ކުރުމަށެވެ. އެމެޗަށް ބާސާއިން ނިކުތީ ކުރިން ދެމެޗްގައި ބައިކޮޅަށް އަށް ވަތް އިރު ގޯލް ބެލެހެއްޓި ޖަރުމަންގެ އެންޑްރޭ ޓާސްޓެގަންގެ ބަދަލުގައި އެޓީމްގެ އެއް ނަންބަރު ކީޕަރު ކޮޕާ އެމެރިކާ ޗިލީ އަށް ކާމިޔާބުކޮށްދިން ކްލައުޑިއޯ ބްރަވޯ ހިމަނައިގެންނެވެ.
ދެޓީމް 1-1 ގެ ނަތީޖައަކުން އެއްވަރުވި މެޗްގައި ބިލްބޯއޯގެ ލަނޑު ކާމިޔާބު ކުރި އަރީޓްޒް އަޑްރީޒް ލަނޑު ޖެހީވެސް ބަސާގެ ޑިފެންޑާ ޖެމީ މެތިއުއަށް އަޑްރީޒް މާކް ނުކޮށް ހުރެވުމުން އޭގެ ފައިދާ ނަގައިގެނެވެ.
އެތިން މެޗްގައި ބާސާކޮޅަށް ވަތް ނުވަ ލަނޑަކީ ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ޖެހިޖެހިގެން ތިން މެޗުގައި ބާސާކޮޅަށް އެންމެ ގިނައިން ލަނޑު ވަން ފަހަރެވެ.
އަސްލު މައްސަލައަކީ ކޮބާ
ބާސާގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ލުއިސް އެންރީކޭއަށް މިވަގުތު އޮތް އެނެމެ ބޮޑު އެއް މައްސލައަކީ ޑެނީ އަލްވޭސްއާ ޖެރަޑް ޕީކޭ ފަދަ ކުޅުންތެރިންގެ އަސްލު ފޯނު ނުފެނުމެވެ. އެކަމަށް ރިޕްލޭސް މެންޓެއް ގެންނަން އޮތް ހުރަހަކީ ފީފާއިން ބާސާއާ ދެކޮޅަށް އަޅަފައިވާ ޓްރާންސްފާ ބޭންގެ އަދަބެވެ.
އަށާރަ އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި ބާސައިން ފީފާގެ ގަވާއިދުތަކަ ހިލާފަށް އަމަލުކޮށްފައިވާތީ އަންނަ އަހަރު ޖަނަވަރީއާ ހަމަޔަށް ބާސާއަށް އަލައް އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ އެވެ. ނުވަތަ ގެނެޔަސް އެކުޅުންތެރިޔަކަށް ޖަނަވަރި އެކެއްގެ ފަހުން ނޫނީ ނުކުޅެވޭނެ އެވެ. އެތުލެޓީކޯ މެޑްރިޑުން ބާސާއަށް ގެނައި އަދާ ތުރާންއާއި ސެވިއްޔައިން ގެނައި އެލެކްސް ވިޑާލްއަށް ވެސް ޖެހިފައި ވަނީ ބާސާއަށް ނުކުޅެ 2016 ވަނަ އަހަރު ފެށެންދެން މަޑު ކުރާށެވެ.
ދެން އޮތްގޮތަކީ ބާސާގެ ކޮންޓރެކްޓްގައި ހުރެ ލޯން އެއްބަސްވުމުގެ ދަށުން ބާސާއިން އެހެން ޓީމްތަކަށް ދޫކޮށްފައިވާ ކުޅުންތެރިން ޓީމަށް ގެނައުމެވެ. ނަމަވެސް ލޯން އެއްބަސްވުމުގެ ދަށުން ސެވިއްޔާއަށް ކުޅެމުންދާ ޑެނިސް ސުއަރޭޒްއާއި އެހެން ބައެއް ކުޅުންތެރިންނަކީ ބާސާއި އެގޮތަށް ދޫކޮށްފައިވާ ކުޅުންތެރިންނަކީ މިޑްފީލްޑަރުންނެވެ.
ގޮންޖެހުންތަކާއެކު ވެސް އެންރީކޭއަށް ކުރި ހޯދިދާނެތަ
ލުއިސް އެންރީކޭއަކި ކީހަ ފެންވަރެއްގެ ކޯޗެއްކަން ސުވާލު އުފައްދާކަށް ނުޖެހޭނެ އެވެ. އަލަށް ބާސާއާ ހަވާލުވި ސީޒަންގައިވެސްއޭނާ ވަނީ ބޮޑު ތިން މުބާރާތުގެ ތަށި ބާސާއަށް ކާމިޔާބުކޮށްދީފަ އެވެ.
މިދިޔަ ސީޒަންގެ ސްޕެނީޝް ލީގްގެ ކުރީކޮޅު އެންރިކޭގެ ކުރިމަތީގައި ގޮންޖެހުންތަކެއް ހުއްޓެވެ. ނޭމާ ޑަސިލްވާއަށް އޭނަގެ އަސްލު ކުޅުން ނުދެއްކުމާ ޓީމަށް ގެނައި ލުއިސް ސުއަރޭޒްއަށް ފީފައިން އަޅާފައިވާ ތިން މަހުގެ ސަސްޕެންޝަންނާއި ގުޅިގެން ފިނި މޫސްމުގެ ބްރޭކްގެ ކުރިން ގިނަ ކުޅުނު ގިނަ މެޗްތަކެއް ނުކުޅޭ ހުންނަން ޖެހުމެވެ.
ބާސާގެ އެހާލަތައް ރިޔާޔަތްކޮށް ގިނަބަޔަކު ހިސަބު ޖަހައި އަދަދު ކުރަމުން ދިޔައީ ރެއާލް މެޑްރިޑުން ސްޕެނިޗް ލީގް ކަމިޔާބު ކުރާނެކަމަށެވެ. ނަަމަވެސް ސުއަރޭޒް ތީމާ ގުޅި ނޭމާގެ އަސްލު ފޯމަށް އެޅުމުން ބާސާއިން ކުރިއަށް ދިޔައީ ހަލުވި ބާރު މިނުގައެވެ. މެސީއަށް ވަގިވެރިވުމަށް ނޭމާއާއި ސުއަރޭޒްގެ 'އެމްއެސްއެން'ގެ ކޮމްބިނޭޝަންގެ ޖާދޫ އަސަލަކަށްވެ ރެއާލް ފަހަތަށް ޖައްސަލުމަށް ފަހު ސްޕެނިޝް ލީގްގެ ޗެމްޕިއަންކަން ހޯދި އެވެ. އެހެންކަމުން ލުއިސް އެންރީކޭއަކި ފަހަތު އަރައި ވެސް ތަފާތު ދައްކާ ކޯޗެއްކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.