3 ވަނަ ވީއޭއެމް ޕްރެޒިޑެންޓްސްކަޕް އަންހެނުންގެ ފައިނަލުގައި ޕޮލިހާ ވާދަކުރާނެ ޓީމަކަށް ނިލަންދޫ ޔޫތު ލިންކޭޖް(ނީލް) ހޮވިއްޖެ އެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅެވުނު ސެމީގެ މެޗުން ނީލް މޮޅުވީ ސްޕޯޓްސް ކްލަބް ގުޑީސް އާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް ނީލުން ގެންދިޔައީ 25-22، 25-18 އަދި 25-17ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނީލްގެ ޔުމްނާ އަބްދުލް އަޒީޒެވެ.

މުބާރާތުގެ ފައިނަލަށް ޕޮލިހާއި ނީލް ނުކުންނާނީ އަންގާރަ ދުވަހުގެއެވެ. މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗުން ޕޮލިހަށް މޮޅުވެވުނީ 5 ސެޓް ކުޅެގެން އެންމެ 2 ޕޮއިންޓްގެ ތަފާތަކުންނެވެ. އެހެންކަމުން ފައިނަލު މެޗު ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.