އުރަމަތީ ކެންސަރުޖެހުމަށް މަގުފަހިކޮށްދޭ މައިގަނޑު ސަބަބެއް ސައެންސްވެރިން ދެނެގެންފި އެވެ.

ސްޕޭންގެ ސައެންސްވެރިން 1.5 މިލިޔަން އަންހެނުން (އެކި އުމުރުފުރާގެ) ބޭނުންކޮށްގެން ކުރި ދިގުމުއްދަތުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ހަކުރު ގިނަ ބުއިންތައް ބުއިމާއި ހަކުރާއި ފެޓްހިމެނޭ ފޮނިކާތަކެތި ގިނައިން ކެއުމަކީ އުރަމަތީގައި ދުޅަތައް އުފެދުމަށް މަގުފަހިވާ ކަމެކެވެ. މިގޮތަށް އުފެދޭ ދުޅަތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ދުޅަތައް ދިގުމުއްދަތަކުން ނޫނީ ބައެއް ހާލަތްތަކުގައި ވަރަށް އަވަހަށް ވެސް ކެންސަރަށް ބަދަލުވާކަން ފާހަގަކުރެވޭކަން މިދިރާސާ ކުރި ސައެންސްވެރިން ގެ ނެރުނު ރިޕޯޓްގައިވެ އެވެ.

މިދިރާސާ އިން ހާމަވި އަނެއްކަމަކީ ކެންސަރު ސެލްތައް އުފެދުމަށް ބާރުލިބޭ ޖީންތައް ހަށިގަނޑުގައި ގުދްރަތީގޮތުން ހުންނަމީހުން، ހަކުރު ގިނަ ބުއިންތައް ބުއިމުން ނޫނީ ހަކުރާއި ފެޓްހިމެނޭ ފޮނިކާތަކެތި ގިނައިން ކެއުމުން އެމީހުންގެ ހަށިގަނޑުގައި އުރަމަތީ ކެންސަރުގެ ސެލްތައް އުފެދޭމިންވަރު އަވަސްކަމެވެ. އަދި މިފަދަ ޖީންތައް ނުހުންނަ މީހުން (ހަކުރު ގިނަ ބާވަތްތަކުގެ ބުއިންތައް ބުއިނަމަވެސް އަދި ހަކުރާއި ފެޓްހިމެނޭ ފޮނިކާތަކެތި ގިނައިން ކޭނަމަވެސް) އެމީހުންގެ ހަށިގަނޑުގައި އުރަމަތީ ކެންސަރުގެ ސެލްތައް އުފެދޭމިންވަރު ލަސްކަންވެސް މިދިރާސާއިން ހާމަވެފައިވެ އެވެ.
މިދިރާސާ ޓީމުގައި ޑޮކްޓަރުންނާއި ރޭޑިއޭޝަނާ ބެހޭ ތަޖްރިބާކާރުން ވެސް ހިމެނެއެ ވެ. އެމީހުންވަނީ ފޮނި ބުއިންތައް ގިނައިންބޮއި އަދި ކޭކުފަދަ ހަކުރާއި ފެޓް ގިނައަދަދަކަށް ހިމެނޭ ފޮނިކާތަކެތި ގިނައިން ކެއުމުން އަންހެނުންގެ އުރަމައްޗަށް އަންނަ ބަދަލުތައް ސެކޭންކޮށްގެންނާއި އެނޫން ވެސް ރޭޑިއޭޝަން ސްކޭނިންގް ޕްރޮސެސްތައް ބޭނުންކޮށްގެން ދިގުމުއްދަތަކަށް ބަލައި އޮބްޒާވް ކޮށްފަ އެވެ.

މި ބެލިބެލުމުން ހަކުރުގެ ބުއިންތަކާއި ފެޓްގިނަ ފޮނިކާތަކެތި ކާ އަންހެނުންގެ އުރަމަތީގެ ޓިޝޫތަކަށް ބޮޑެތި ބަދަލުތަކެއް އަވަސްއަވަހަށް އަންނަމުންދާ ކަމާއި އުމުރުމައްޗަށް ދާވަރަކަށް މި ބަދަލުތައް އިތުރަށް ބޮޑުވެ ދުޅަތައް (އުރަމަތީގައި ގަނޑުލުމަށް) މަގުފަހިވާކަން ވަރަށް ބޮޑަށް ފާހަގަވެފައިވެ އެވެ.
މިއާއެކު ވެސް ސައެންސްވެރިންގެ މިޓީމު ދެކޭގޮތުގައި ހަކުރުގެ ބުއިންތަކާއި ފޮނިކާތަކެތި ގިނައިން ބޭނުންކުރި ނަމަވެސް ގަވައިދުން ކޮންމެ ދުވަހަކު ރަނގަނޅަށް ކަސްރަތުކުރާ ނަމަ ކެންސަރު ސެލްއުފެދުމަށް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. (އާރުޓީޑޮޓްކޮމް)