ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަރުބީއާއި ތިއޭޓަރ މިރާޖުން ދިވެހި ސަގާފީ ނެށުމުގެ އިވެންޓެއް އިނގިރޭސި ވިލާތުގެ މަޝްހޫރު ކޯރު ރިވަރ ތޭމްސްގެ އައްސޭރިފަށުގައި ބާއްވައިފިއެވެ.

ހަރުބީ ބޮޑުބެރު ގްރޫޕާާއި ތިއޭޓަރ މިރާޖުގެ މި ހުށަހެޅުމަކީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ރާއްޖެ އިސްތިހާރުކުރުމަށް ބޭއްވި އިވެންޓެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ކަލްޗަރަލް އިވެންޓުގެ މައިގަނޑު މަގުސަދަކީ އިނގިރޭސިވިލާތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖެއަށް ދަތުރުކުރާ އިނގިރޭސި ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން މިއިވެންޓްގެ އަނެއް މަގުސަދަކީ އިނގިރޭސިވިލާތާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިނގިރޭސިންނަށް ރާއްޖޭގެ ސަގާފަތް ދައްކާލުން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިނގިރޭސިވިލާތުގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގްބޫލް މަންޒިލްތަކުގެ ތެރޭ ހިމެނޭ އެއް މަންޒިލެވެ.

ލަންޑަންގެ ރިވަރ ތޭމްސްގެ އައްސޭރިފަށުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކަލްޗަރަލް އިވެންޓްގެ ސަބަބުން ރާއްޖޭގެ ރީތިކަން ދެކިލަން އަންނާނެ ފަތުރުވެރިން އިތުވާނެކަން ޔަގީން ކުރެވޭ ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.