19 Aug 2015, 12:12
ވައްކަންކުރާ މީހުންނަކީ އާއްމުކޮށް މޮޅެތި އުކުޅުތަކާ ހުނަރުތައް ބޭނުންކުރާ ބައެކެވެ. ކިތަންމެ އުދަނގުލަސް އަތުޖެހުނު އެއްޗެއް ހިފައިގެން ނުކުތުމަށް 'ހުނަރުވެރި' ބައެކެވެ. ނަމަވެސް އެމެރިކާގެ ފިހާރަ އެއް ފޭރެން ވަތް ބަޔަކަށް ދިމާވީ ދިމާ އިދިކޮޅަށެވެ. ނުކުންނަންޖެހުނީ ބިރުން ދުވަމުންނެވެ.
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާގެ ސިޓީ އެއް ކަމަށްވާ ޕިޓްސްބާގުގެ ފިހާރައަކުން ފޭރެން ވެގެން ކަތިވަޅިއާއެކު މޫނު ނިވާކޮށްގެން ވަތް ދެ މީހަކާ ކުރިމަތިލާން ޖެހުނީ، ކަނޑިއެއް ހިފައިގެން ނުކުތް ފިހާރައިގެ ސޭޓާއެވެ.
ފިހާރަ ތެރޭގައި ހަރުކޮށްފައިހުރި ކެމެރާއިން ދައްކާ ގޮތުން، ފޭރެން ވަތް ދެ މީހުން އެ ފިހާރައަށް ވަނުމަށްފަހު، އެކަކު ފިހާރަގެ ކައުންޓަރު ކައިރިއަށް ގޮސް ފިހާރަ ސޭޓަށް ކަތިވަޅިން ބިރުދެއްކުމަށްފަހު ފައިސާ ދިނުމަށް ބުނެއެވެ.
ނަމަވެސް ޕެރީ މާކެޓް ނަމަކަށްކިޔާ އެ ފިހާރައިގެ ޖެވާދު ހާޔިހް ނަމަކަށް ސޭޓު މީހާ ހުރީ އެފަދަ ކަންތައްތަކަށް ކުރިއާލާ ތައްޔާރުވެގެންނެވެ. ފިހާރަ ކައުންޓަރު ތެރެއިން ވަރުގަދަ ކަނޑިއެއް ނަގާ ބިރުދެއްކި މީހާގެ އަތުގައި އޮތް ކަތިވަޅި ވައްޓާލުމަށްފަހު، އޭނާގެ ފަހަތުން ދުއްވައިގަންނަތަން ކެމެރާގެ ވީޑިއޯ އިން ފެނެއެވެ.
އޭނާ އާއި އެކު ފޭރެން ވަތް އަނެއް މީހާ، ފިހާރަ ތެރޭ ހުރި ކަސްޓަމަރަކު ހިފެހެއްޓި ނަމަވެސް އޭނާ ފަހުން ސަލާމަތްވެ، ފިހާރައިން ނުކުމެ ފިލައެވެ.
މައުލޫމާތު: އޭޕީ