ބަނޑަށް ހަތަރު މަހުގައި ދަރިފުޅު ބައިގެންދިޔުމުން އެކަން ކަމާ ބެހޭ ފަރާތަަކަށް ނާންގައި އެ ކުއްޖާ ސަހަރާގައި ވަޅުލި މައްސަލައާ ގުޅިގެން މާއެނބޫދޫގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ފުލުހުން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ އަންހެނަކާއި 52 އަހަރުގެ އަންހެނެއް ކަމަށެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަަމަށް ފުލުހުންނެވެ. އަދި އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ ދ. އަތޮޅު ހޮސްޕިޓަލުން ދިން މައުލޫމާތަކާ ގުޅިގެން ކަަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.