18 Aug 2015, 14:23
ބޭންކޮކޮގައި ބޮމެއް ގޮއްވާލައި އެތައް ބަޔަކު މަރުވިތާ 24 ގަޑި އިރު ނަވަނީސް އިތުރު ބޮމެއް މިއަދު ގޮއްވާލައިފި އެވެ. ބެންކޮކޮ ޕޯސްޓުން ދެންމެ ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ އެ ނޫހުން ބުނީ ސަތޯން ބްރިޖް ކައިރީގައި ޕާކިން އޭރިޔާއެއްގައި އެ ބޮން ގޮއްވާލާފައި މިއަދު 1:20 އެހާކަންހާއިރު ކަމަށެވެ. އަދި އެ ގޮވުމުގައި ބުރައިގެން ދިޔަ ތަކެތި މޫދަށް ވެސް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި ޑައިވަރުން ދަނީ އެ ސަރަހައްދަށް ފީނައި ބޮމުގެ އެއްވެސް ނިޝާނެއް ފެނޭތޯ ބަަލަމުންނެވެ.
ސަތޯން އޭރިޔާއަކީ ޗައޯ ޕަރިޔާ ކޯރާ ގުޅުވައިދޭ ތަންވެސް މެ އެވެ. އެ ސަރަހައްދުގައި ބޮޑެތި އިމާރާތައްތައް ވެސް ހުރެ އެވެ. އަދި އެއީ ގިނަ އަދަދަކަށް ޓޫރިސްޓުން މަޑުކުރާ ސަރަހައްްދެއް ކަމަށް ވެސް ނޫހުން ބުންޏެވެ. އޭގެ ތެރޭގައި ޗައިނާގެ ގިނަ ޓޫރިސްޓުން ހިމެނެ އެވެ.
ތައިލޭންޑްގެ ޓްރާންސްޕޯޓް މިނިސްޓަރު ޕްރިޖިން ޖުންތޮންގް ވިދާޅުވީ އެ ބޮމަކީ ޒަމާނީ ވަސީލަތްތަކާ އެކު ގޮއްވާލާފައިވާ ބޮމެއް ކަމަށެވެ.
އިއްޔެ އެރަވަން ޝަރިންގައި ދިން ބޮމުގައި 20 މީހަކު މަރުވެ، 108 މީހަކު ވަނީ ޒަހަމުވެފަ އެވެ.