ސައުދީ އެރެބިޔާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުގެ މަގާމަށް މާފަންނު ކްރެސްޓްވުޑް ޢަބްދުﷲ ޙަމީދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިއަދު އައްޔަން ކުރައްވައި ފަތްކޮޅު އަރުވައިފި އެވެ. އެ މަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވީ އެކަމަށް ޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

ޙަމީދު މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖުގެ މަގާމުގަ އެވެ.