އިންޑިއާގެ ރައީސް ޕްރަނާބު މުކަރުޖީގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ، ސުވަރާ މުކަރުޖީ،74، މިއަދު އަވަހާރަ ވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން މިއަދު ބުނީ ރައީސްގެ އަނބިކަނބަލުން އަވަހާރަވީ ވަރަށް ބޮޑަށް އާލާސްވެ އުޅުއްވުމަށް ފަހު މިއަދު ހެނދުނު ކަމަށެވެ.

އިންޑިއާގެ ރައީސްއާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ އެ ކަމަނާ އިންޑިއާގެ އާމީ ހޮސްޕިޓަލެއްގައި މި މަހު 7 ވަނަ ދުވަހު އެޑްމިޓް ކުރީ ނޭވާލާ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރައީސްގެ އަނބިކަނބަލުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އިރު ރައީސް އުޅުއްވީ އޮޑިއްސާ އަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. ނަމަވެސް އެ މަނިކުފާނު ވަނީ އެ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ހަމަ އެ ދުވަހު އެނބުރި ދިއްލީ އަށް ވަޑައިގެންފަ އެވެ.