އެއްގަމު ދަތުރުފަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގް ކުރެއްވުމުން ކުރިން ހިފަހައްޓާފައި ހުރި ބައެއް ލައިސެންސްތައް ފުލުހުން ދޫކުރަން ފަށައިފި އެވެ.

އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފުވާނެ ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ ގާނޫނު ބުނާ ގޮތުން ދޫކުރަން ޖެހޭ ލައިސެންސްތައް ދޫކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.

"ގާނޫނުގައި އެމާފްކޮށްދިން ބައިތައް، އޭގެ ލައިސެންސްތައް ދޫކުރަން ފަށައިފިން. ޓޯޔާޑުން ދޫކުރަމުންދަނީ." އިސްމާއިލް ވިދާޅުވި އެވެ.

ގިނަ ސަބަބުތަކާ ހުރެ ހިފަހައްޓާފައިވާ ލައިސެންސްތައް ދޫކުރާއިރު ރޯޑްވާދިނަސް ނަހައްދާ ދުއްވުމާއި އަހަރީ ފީ ނުދައްކައިގެން ދުއްވުމާއި އިންޝުއަރެންސް ނުހައްދާ ދުއްވައިގެން ހިފަހައްޓާފައިވާ ލައިސެންސްތައް ފުލުހުން ދުލެއް ނުކުރެ އެވެ.

އެއްގަމު ދަތުރުފަތުރަށް ގެނައި އިސްލާހާ އެކު އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ ވަނީ މައާފްވެގެން ގޮސްފަ އެވެ.