ފުވައްމުލަކު ގެއެއްގައި މަސައްކަތް ކުރުމަށް ގެންގުޅޭ އަންހެން ބިދޭސީއެއް ފިލައިގެން އުޅޭތީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުވައްމުލަކު މާދަނޑު އަވަށުގައި ހުންނަ ގެއެއްގައި މަސައްކަތް ކުރާ އެ މީހާއަކީ ބަންގުލަދޭޝް އަންހެނެކެވެ. އޭނާގެ ނަމަކީ ޖަމީލާ ބެގަމް އެވެ.

މާދަނޑު ކައުންސިލްގެ ރައީސް މުހައްމަދު ޔާމީން ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އޭނާ ގެންގުޅޭ މީހުންނަށް އެ މީހާއާ ގުޅުނު ކަމަށެވެ. އެ މީހުންނާ ހަވާލާދީ ޔާމީން ވިދާޅުވީ ބަންގްލަދޭޝް މީހާއަށް ގުޅުމުން، އޭނާގެ މުސާރަ ކުޑަކަމަށް ބުނެ ފިލީ ކަމަށް ބުނެފައިވާ ކަމަށެވެ.

"އަދި މިކޮޅުން ފުރިކަމަކަށް ނުބެލެވޭ. އޭގެ ފަހަކުން އެއްވެސް ބޯޓެއް އެއްޗެއް ވެސް ނުފުރާ،" ޔާމީން ވިދާޅުވި އެވެ.

މާދަޑު ކައުންސިލްގެ ފޭސްބުކް ޕޭޖުން މިހާރު ވަނީ ގެއްލިގެން ހޯދާ މީހެއް ކަމަށް ބުނެ އޭނާގެ ފޮޓޯއެއް އާންމުކޮށްފަ އެވެ.