17 Aug 2015, 16:46
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި ބަލަމުންދާ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ނިހާޔަތު ސަސްޕެންޑްކޮށްފައި ވަނީ ތަޙުޤީޤު ކުރަމުންދާ މައްސަަލައަކާ ގުޅިގެން އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި ޝަކުވާގެ ބާވަތަށާއި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބެލުމަށްފަހު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރި ޖޭއެސްސީގެ ތައުދީބީ ކޮމެޓީން ކޮމިޝަންގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ މައްސަލައަށް ރިޔާއަތްކޮށް ނިހާޔަތު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ތަހްގީގު ކޮމިޓީން އެ މައްސަލަ ނިންމައި އެކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި ވަކި ގޮތެއް އަންގަންދެން މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުތުމަށް ގާޒީ ނިހާޔަތަށް ވަނީ އަންގާފަ އެވެ.