ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ފާސްކުރީ 52 މެމްބަރުންގެ ވޯޓުން ނެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ހުށަހަޅުއްވާ ކަމަށާއި އެ މައްސަލަ ދިރާސާ ކުރައްވައި މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މިހާރު ހިންގަމުން އަންނަނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ދަށުންނެވެ.