17 Aug 2015, 14:05
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޗެލްސީގެ މައްޗަށް މެންޗެސްޓާ ސިޓީ ހޯދި 3-0 ގެ ނަތީޖާ އަކީ ފޭކެކަަމަށް ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފައިވާއިރު މޮރީނިއޯގެ ވާހަކަތަކަށް ރައްދު ދެމުން މެންސިޓީގެ ކޯޗް މެނައުލް ޕެލެގްރިނީ ބުނީ ފުރަތަމަ ހާފުގައިވެސް މަދުވެގެން ތިން ގޯލް މެންސިޓީއަށް ހައްގު ކަމަށެވެ.
މޮރީނިއޯ ބުނީ ފުރަތަމަ ހާފުގައި ޗެލްސީ ކުޅުނީ އުނދަގޫ ގޭމެއް ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޗެލްސީއިން ރަނގަަޅަށް ދަނިކޮށް ނަތިޖާގެ ފަރަގު ތިން ލަނޑަށް ފުޅާވުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށެވެ.
"ފުރަތަމަ ހާފުގައި އަހަރެމެން ކުޅުނީ ވަރަށް އުނދަގޫ ގޭމެއް ނަމަވެސް ދެ ވަނަ ހާފް ދިޔައީ މުޅިން ތަފާތުކޮށް ދެ ވަނަ ހާފުގައި ޗެލްސީ މޮޅަށް ކުޅެ 70 މިނެޓް ފާއިތުވެ ދިޔައިރުވެސް 1-0 ގެ ނަތީޖާގައި އޮތުމުން ސުވާލު އުފެދޭއިރު އޭގެ ފަހުން ނަތީޖާ 3-0 ށް ބަދަލު ވުމަކީ މުޅިން ފޭކެއް" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ އޭނާއަކީ އެހެން ކޯޗުންގެ މަސައްކަތް އެނަލައިސް ކުރާ މީހެއް ނޫން ކަމަށާއި ނަމަވެސް ޗެލްސީ މޮޅަށް ކުޅެމުން ދަނިކޮށް ޕްލެގްރިނީ ގެނައި ބަދަލުތަކުން ޑިފެންސް ވަރުގަދަ ކުރުމުން ޕްލެގްރިނީ ބޭނުންވަނީ ނަތީޖަ 1-0 ގައި ބައްވައިގެން ނިންމަކަން އެންމެނަށްވެސް އެނގޭނެ ކަމަށެވެ.
މޮރީނިއޯގެ މިވާހަކަތަކަށް ރައްދު ދެމުން ޕްލެގްރިނީ ބުނީ ފުރަތަމަ ހާފުގައިވެސް އެޓީމަށް ތިން ގޯލް ހައްގުކަމަށާއި ދެ ވަނަ ހަފުގައިވެސް ފެނިގެން ދިޔައީ އެގޮތަށް ކަމަށެވެ.
"ތެދެއް ދެ ވަނަ ހާފުގައި ޗެލްސީ ރަނގަޅަށް ކުޅުނު ނަމަވެސް އަހަރެން ހަނދާ އެބަހުރި 3-0 ގައި އޮތް އިރު ޗެލްސީއިން އުފެއްދި ހަމަލާއެއް ދިފައު ކުރުމަށް މެންސިޓީގެ ކީޕަރު ޖޯހާޓް ވަނީ ރަނގަޅު މަސައްކަތްކޮށްފައި. އަހަރެމެން ޓީމް ރަނގަޅަށް ކުޅުނު. 3-0 ގެ ނަތިޖާއަކިވެސް އަހަރުމެންނަށް ހައްގު ނަތީޖާއެއް" ޕްލެގްރިނީ ބުންޏެވެ.
ޕްލެގްރިނީ ބުނީ ސީޒަންގެ އެންމެ ކުރީ ކޮޅު ޗެލްސީގެ މައްޗަށް ކާމިޔާބު ހޯދުމަކީ މާ ހާއްސަ ކަމެއް ނޫންކަމަށާއި ސީޒަން ނިމުނީމަ ނޫނީ އެއްވެސް ކަމެއް ހާއްސަ ނުވާނެ ކަމަށެެވެ.
"ސީޒަން ނުނިމެނީސް އެއްވެސް ކަމެއް ހާއްސައެއް ނުވާނެ މިއަހަރު ޖެނުއަރީގައިވެސް އަހަރެމެން ތިބީ ހަމަ މިހަލަތާއި އެއްގޮތް ހާލަތެއްގައި ނަމަވެސް ސީޒަން ނިމުނު އިރު އޮތީ އަށް ޕޮއިންޓްގެ ފަހަތުގައި. ގެޕެއް އޮތުމަކީ މުހިންމު ކަމެއް އެކަމަކު އަދި ހަމަ ސީޒަން މިފެށީ" ޕްލެގްރިނީ ބުންޏެވެ.
ރޭގެ މެޗްގައި ޖެހި ތިން ލަންޑާއެކު މެންސިޓީ މިވަގުތު އޮތީ ފައިދާ ހަ ގޯލާއެކު ހަ ޕޮއޮންޓް ލިބިގެން ތާވަލްގެ އެއް ވަނައިގައެވެ.
ލެއިސްޓާ ސިޓީއަ މެންޗެސްޓާ ޔުނައިތަޑަށްވެސް ވަނި އެއަދަށް ޕޮއިންޓް ލިބިފައެވެ. ނަމަވެސް މެންސީޓީ ގޯލަށް މިހާތަށް އެންމެ ވަދެފައި ނުވާއިރު ކުޅުނު ދެ މެޗްއި ޖެހި ހަ ލަނަޑުން ލަނޑުގެ ތަފާތުން ކުރި ލިބޭތީއެވެ.
ރޭގެ މެޗުން ބަލިވި ޗެލްސީ އޮތީ އެއް ޕޮއޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.