13 Mar 2011, 17:08
އަޅުގަނޑުމެންގެ ނޫސް، ސަން އޮންލައިން ބެއްލެވުމަށާއި ނޫހުގެ ހަބަރުތައް ވިދާޅުވުމުގައި ކިޔުންތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ދިމާވެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.
ނޫސް ވިދާޅުވުމުގައި ކިޔުންތެރިންނަށް ދަތިތަކެއް މެދުވެރިވި މައިގަނޑު ސަބަބަކީ ނޫހުގެ ވެބްސައިޓް ހޯސްޓު ކުރުމުގައި ކުރިމަތިވެފައިވާ ޓެކްނިކަލް މައްސަލަތަކެކެވެ. ނޫހުގެ ހަބަރުތަކާއި ސޮފުހާތައް ވިދާޅުވުމަށް ކިޔުންތެރިންނަށް ދަތިތައް ކުރިމަތިވެފައިވާއިރު ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުން ފެށިގެން ނޫސް އަޕްޑޭޓް ކުރުމުގައި އަޅުގަނޑުމެނަށް ވެސް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.
ނޫސް ވިދާޅުވުމުގައި ދިމާވެފައިވާ މައްސަލަތަކާއި ނޫސް އަޕްޑޭޓް ކުރުމުގައި ކުރިމަތިވެފައިވާ އެންމެހާ ދަތިތައް ހައްލުކޮށް ނޫހުގެ ވެބްސައިޓް ޑެޑިކޭޓެޑް ސާވާއަކަށް ބަަދަލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުންނެވެ. އަޅުގަނޑުމެން އުންމީދު ކުރަނީ ލަސް ނުވެ މި ދަތިތައް ހައްލުވެގެން އަންނާނެ ކަމަށެވެ.
ނޫސް ވިދާޅުވުމުގައި ތިޔަ ބޭފުޅުންނަށް ދިމާވެފައިވާ ދަތިތަކަށްޓަކައި ނިހާތަށް މާފަށް އެދެމެވެ.