ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިން ތިން ބޭފުޅުން މިއަދު އެ ކޮމިޝަނަށް އައްޔަން ކުރައްވައިފި އެވެ.

އެޗްއާރުސީއެމްއަށް އަލަށް އައްޔަން ކުރައްވާފައި ވަނީ ހ، ހަބަރުގޭ އައިމިނަތު އީނާސް އާއި މ. ކޮރަލް ގާޑްންސް އާއިޝަތު އަފްރީން މުހައްމަދާއި ޏ. ފުވައްމުލަކު ފާތު، ޝިފާގު މުފީދު އެވެ.

އެބޭފުޅުން އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީނެވެ.

އެ ތިން ބޭފުޅުން އެޗްއާރުސީއެމްއަށް އައްޔަން ކުރައްވާފައި ވަނީ އެ ކޮމިޝަންގައި މިހާރު ތިއްބެވި ތިން ބޭފުޅެއްގެ މުއްދަތު ހަމަވަމުންނެވެ.