17 Aug 2015, 09:11
ސްރީލަންކާގެ މަޖިލިސް އިންތިޚާބުގެ ވޯޓްލުން މިއަދު ހެނދުނު ހަތަކުން ފެށިގެން ކުރިއަށްދާ ކަމަށް އޭޕީ އިން ބުނެފި އެވެ.
ވޯޓްލުން ނުވަ ގަޑިއިރަށް ކުރިއަށްދާ އެ އިންތިޚާބުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. އެ ގޮތުން 74000 ސިފައިން ނާއި ފުލުހުން ދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
އެ އިންތިޚާބުގައި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ދަނީ ވާދަކުރައްވަމުންނެވެ. އެ އިންތިޚާބު ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ކާމިޔާބުވެއްޖެ ނަމަ އެ ގައުމުގެ ބޮޑު ވަޒީރުކަން ރާޖަޕަކްސާ އަށް ލިބޭނެ އެވެ.
ލަންކާގެ އިންތިހާބުގައި 15 މިލިއަަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. ނަތީޖާ ލިބޭނެ ކަމަށް ލަފާ ކުރެވެނީ މާދަމާގެ ފަހުގެ ވަގުތެއްގަ އެވެ.