16 Aug 2015, 21:11
އަމީން ކޮންސްޓްރަކްޝަންގެ އަމިއްލަ ހަރަދުގައި ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާއަޅައިފި އެވެ.
އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.

ވިލިމާލެ ދާއިރާގެ މެންބަރު ނިހާނާއި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު، މިސްކިތުގެ ބިންގާއަޅުއްވައި ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ މިސްކިތުގެ ބިންގާއަޅުއްވައި ދެއްވުމަށް ފަހު، މިނިސްޓަރު ޒިޔާދު ވިދާޅުވީ، އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެއް އަހަރުތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ މި ސަރުކާރުން ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރާ މަސައްކަތެެއް ކަމަށެވެ. އަދި އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކޮށްދޭތީ، މިނިސްޓަރު އެ ފަރާތަށް ޝުކުރުއްދާކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި މެންބަރު ނިހާން ވިދާޅުވީ، އެއް އަހަރުތެރޭގައި އެ މިސްކިތް ހުޅުވާއިރު މިސްކިތް ހުޅުވިގެން ދާނީ އެތަނުގައި ގުރުއާން ކްލާހެއްވެސް ހިމެނޭގޮތަށް ކަމަށެވެ.