ހެލްތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ނަހުލާ އަލީ މަގާމުން ވަކިކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ނަހުލާ މަގާމުން ވަކިކޮށްފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ ނަހުލާ އައްޔަން ކުރެއްވީ ފޮރިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ކަމުގެ މަގާމަށެވެ. ނަމަވެސް އޭގެފަހުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް ބަދަލުކުރައްވާފައެވެ.

ނަހުލާ އަކީ ދައުލަތުގެ މީޑިއާ ކުރިން ހިންގި ކުންފުނި ކަމުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަން ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވެސް ވާދަކުރައްވައިފައެވެ.