13 Mar 2011, 13:32
އޮސްޓްރޭލިޔާގެ ޔުނިވާސިޓީއަކުން ތަޖުރިބާކާރުން ގެނެސްގެން ސަރުކާރުގެ ހަރަދުގައި ޕޮލިޓެކްނިކުން ހިންގި ކޯހެއްގައި ބައިވެރި ނުވާ ދެ ލެކްޗަރާ އަކަށް ސެޓްފިކެޓް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޕޮލިޓެކްނިކްގެ ލެކްޗަރާއަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތައާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން މިދިޔަ ފެބްރުއަރީ މަހު ކުރީކޮޅު މާލޭގައި ހިންގި ކޯހުގައި ބައިވެރިވި ނުވާ ދެ ލެކްޗަރާ އަކަށް އެ ކޯސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމީ ބަރާބަރަށް ހުރިހައި ދުވަހަކަށް ހާޒިރުވެގެން ކޯސް ފުރިހަމަ ކުރި މީހެއް. އެކަމަކު މިއިން އެއްވެސް ދުވަހެއްގައި ވެސް ކޯހުގައި ބައިވެރިނުވާ ދެ މީހަކަށް ސެޓްފިކެޓްދިން،" އޭނާ ވިދާޅުވި އެވެ.
ޕޮލިޓެކްނިކްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ހާޝިމް މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ އިދާރީ މަސައްކަތުގެ ތެރޭގައި އެރި އޮޅުމެއް ކަމަށެވެ. އަދި ކޯހުގައި ބައިވެރިނުވާ ދެ ލެކްޗަރާއަކަށް ސެޓްފިކެޓްދީފައި ނުވާނެ ކަމަށާއި އޮޅުމެއްގެ ތެރޭގައި އެއް ލެކްޗަރާއަކަށް ސެޓްފިކެޓް ދެވިފައިވާ ކަމަށެވެ.
"ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން އެކަން އެގޮތަށް ދިމާވީ. އަޅުގަނޑުމެން އެކަން ބަލައި ހައްލުކުރާނަން."