16 Aug 2015, 13:22
އެސިސްޓެންޓް ކޯޗު އިސްމާޢީލް މަހްފޫޒު (އިންމަ)ގެ އިރުޝާދުގެ ދަށުން ވޯލްޑްކަޕް ކޮލިފައިންގައި އަންނަ މަހު 8 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ރާއްޖޭގައި ކުޅޭ ގައުމީ ޓީމްގެ ސްކޮޑުން ނިއުރޭޑިއަންޓްގެ ޑިފެންޑާ މުޙައްމަދު ޝީފާން (ކުޑައްޓޭ) އާއި ރިލްވާން ވަހީދު (ރިލޭ) ބާކީކޮށް ސްކޮޑް އެކުލަވާލައިފި އެވެ.
މިއަދު އެފްއޭއެމް އިން މީޑިއާތަކަށް ފޮނުވި ލިސްޓުން ކުޑައްޓޭ ގައުމީ ޓީމުން ބާކީ ކުރިއިރު މިފަހަކަށް އައިސް ގައުމީ ޓީމްގައި އޭނަ ދެއްކި ދަށް ކުޅުމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.
މިފަހަރު އެކުލަވާލި ގައުމީ ޓީމްގައި އެންމެ ގިނައި މާޒިޔާގެ ކުޅުންތެރިންނެވެ. އެޓީމުގެ ވަނީ އަށް ކުޅުންތެރިޔަކު ހިމަނައިފަ އެވެ.
ކުޑައްޓޭ އާއި ރިލޭ ޓީމުން ބާކީވުމުން ނިއުރޭޑިއަންޓުން ހިމެނިފައި ވަނީ ހަ ކުޅުންތެރިންނެވެ.
ޗައިނާ މެޗްގައި ޓީމަށް އިންމަ އިރުޝަދު ދެނީ ގައުމީ ޓީމްގެ ކޯޗްކަމުގައި ހުރި ވެލިޒާ ޕޮޕޯޕް މަގާމުން ދުރުކުރުމުންނެވެ.
އޭގެ ކުރިން ކޯޗަކު ހަމަޖެއްސިޔަސް އާ ކޯޗް މަގަމުގެ މަސްއޫލިއްޔަތާ ހަވާލުވަނީ ޗައިނާގެ މެޗަށް ފަހުގައި ކަމަށް އެފްއޭއެމް ނޯމަލަޒޭޝަން ކޮމީޓީގެ ޗެއާމަން މުހައްމަދު ޗަވީދު ވިދާޅުވި އެވެ.
އެފްއޭއެމް އިން ދަނީ ޗައިނާގެ މެޗަށް ތައްޔާރު ވުމުގެ ގޮތުން އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ކަމަށް ޝަވީދު ވިދާޅުވި އެވެ.
ޗައިނާއާ ދެކޮަޅަށް ކުޅެން ނެގި ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިން
މާޒިޔާ:
މުޙައްމަދު އުމެއިރު، ސަމްދޫހް މުޙައްމަދު، އަޙްމަދު ނާޝިދު (ނާއްޓޭ)، މޫސާ ޔާމީން، މުޙައްމަދު އިރުފާން، އަމްދާން ޢަލީ (އެންޑީ)، އަޙްމަދު އިމާޒް (އާއްކޮ)، އަސަދުﷲ ޢަބްދުﷲ
ނިއުރޭޑިއަންޓް:
އަޙްމަދު ޢަބްދުﷲ (ލިލީ)، ޢަލީ ފާސިރު (ސެންޓޭ)، އަސްހަދު ޢަލީ (އަޑޭ)، މުޙައްމަދު ރަޝީދު (ހޮކޭ)، ހަމްޒަތު މުޙައްމަދު (ހަމްޕު)، ޝާފިޢު އަޙްމަދު (ޝާފީ)
ބީޖީ ސްޕޯޓްސް:
އިބްރާހިމް އިފްރާހް ޢަރީފް، އަބްދުﷲ މުއާޒް (އޮޓޫ)
ކްލަބް އީގަލްސް:
އިސްމާޢީލް ޢީސާ (މެސީ)، މުހައްމަދު މުޖުތާޒް
ޓީސީ ސްޕޯޓްސް:
މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން)، ޙަސަން ނާއިޒް.
ވެލެންސިއާ:
އަކްރަމް ޢަބްދުލް ޣަނީ، އަޙްމަދު އާޠިފް (އާތީ)
ވިކްޓަރީ:
މުޙައްމަދު ޖަޒްލާން
މަހިބަދޫ ސްޕޯޓްސް:
ޢަލީ ސަމޫހް
މީގެ އިތުން މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުންގެންދާ ޢަލީ އަޝްފާޤް (ދަގަނޑޭ)
މިޔަންމާގެ ކޭބީޒެޑް އެފްސީ އަށް ކުޅޭމުންގެންދާ ވައިސް ކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ) އެވެ.