ރާއްޖޭގައި މިއަދު ފެށި 'މޯލްޑިވްސް ނެޝަނަލް ތްރީ އާރު ޑޭ ސަމިޓް' ރާއްޖެ ވަޑައިގެން އުޅުއްވާ ކްލައިމެޓް ޗޭންޖް މިނިސްޓަރު ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ އެންގެވުމަކަށް އިސްތިއުފާ ދެއްވައިފި އެވެ.

މިނިސްޓަރު މުޝާހިދު އުލާ ޚާން އިސްތިއުފާދެއްވަން އަންގާފައި ވަނީ އޭނާ ބީބީސީ އަށް ދެއްވި އިންޓަވިއުއްގައި، ޕާކިސްތާނުގެ ވެރިކަން ވައްޓާލަން ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޒަހީރުލް އިސްލާމް މަސައްކަތް ކުރެއްވި ކަަމަށް ވިދާޅުވެ އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ފާއިތުވި އަހަރު ޕާކިސްތާނުގައި ހިނގި މުޒާހަރާތަކުގައި ޖާސޫސީ އިދާރާގެ ވެރިޔާގެ ވާހަކަތައް ސިވިލިއަން އިންޓަލިޖެންސް ބިއުރޯއިން ރެކޯޑް ކުރިކަމަށެވެ. އަދި އެ ރެކޯޑިންގައި ޒަހީރުލް އިސްލާމްގެ އަޑު ހިމެނޭ ކަމަށް މިނިސްޓަރު މުޝާހިދު އުލާ ޚާން ވިދާޅުވި އެވެ.

އެ މުޒާހަރަތާއް ކޮށްފައި ވަނީ ކުރީގެ ކްރިކެޓް ކުޅުންތެރިއާ އަދި މިހާރު ސިޔާސީ ލީޑަރެއް ކަމަށްވާ އިމްރާންޚާން އިސްކޮށްހުންނަވައިގެންނެވެ. މިދިޔަ އަހަރު އޮގަސްޓުން ޑިސެމްބަރާއި ދެމެދު ކުރިއަށް ދިޔަ މުޒާހަރާތަކުގައި ވަނީ ތިން މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފަ އެވެ.

އެހެންނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ މިކަން ދޮގުކޮށްފަ އެވެ. އެފަދަ ރިކޯޑިން އެއް ނެތް ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

މުޝާހިދު އުލާ ޚާން އިސްތިއުފާގެ ސިޓީ ފޮނުވާފައި ވަނީ ރާއްޖޭގައި ހުންނަވައިގެން ކަމަށް އޭއެފްޕީން ބުނެ އެވެ. މުޝާހިދަކީ ޕާކިސްތާނުގައި ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅެކެވެ.

ނަވާޒު ޝަރީފުގެ ވެރިކަން ބަޢާވާތަކުން ސިފައިން ވައްޓާލުމުގެ ބިރުވެރިކަން އެބައޮތްކަމަށް ސިޔާސީ ބައެއް އެނަލިސްޓުން ބުނެ އެވެ.