15 Aug 2015, 23:38
ރ. އިނގުރައިދޫ ކައުންސިލްގެ ރައީސްއާއެކު އެ ކައުންސިލްގެ މެމްބަރަކު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ސޮއިކޮށްފި އެވެ.
އިނގުރައިދޫ ކައުންސިލްގެ ރައީސް އަބްދުލް ފައްތާހު އިދްރީސް އެމްޑީއޭއަށް ސޮއި ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އަދާލަތު ޕާޓީގަ އެވެ. އަދި އެ ކައުންސިލްގެ މެމްބަރު އަބްދުﷲ ހަސަން އެމްޑީއޭއަށް ސޮއި ކުރެއްވުމުގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގަ އެވެ.
އެ ބޭފުޅުން އެމްޑީއޭއަށް ސޮއި ކުރެއްވީ އެމްޑީއޭއަށް މެމްބަރުން އިތުރު ކުރެއްވުމަށް ޕާޓީގެ ލީޑަރު އިނގުރައިދޫއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަބްދުލް ފައްތާހާއި އަބްދުﷲ ހަސަން އެމްޑީއޭއަށް ސޮއި ކުރެއްވުމަށްފަހު މެމްބާޝިޕް ފޯމް ވަނީ ސިޔާމާ މިއަދު ހާވާލު ކުރައްވާފަ އެވެ.

އިނގުރައިދޫ ކައުންސިލް މެމްބަރު އަބްދުﷲ ހަސަން އެމްޑީއޭއަށް ސޮއި ކުރައްވައި، މެމްބާޝިފް ފޯމް އެމްޑީއޭގެ ލީޑަރާ ހަވާލު ކުރައްވަނީ-- ސަން ފޮޓޯ
އިނގުރައިދޫ ކައުންސިލްގެ ރައީސްއާއެކު އެ ކައުންސިލްގެ މެމްބަރަކު އެމްޑީއޭއަށް ސޮއި ކުރެއްވިއިރު، އިއްޔެ ވަނީ ނ. ލަންދޫ ކައުންސިލްގެ ނައިބު ރައީސް އާއި ތިން ކައުސިލަރަކު އެމްޑީއޭއަށް ސޮއިކޮށްފަ އެވެ.

އިނގުރައިދޫ ކައުންސިލްގެ ރައީސް އަބްދުލް ފައްތާހު އަބްދުލް ޣަފޫރާއެކު އެ ކައުންސިލްގެ މެމްބަރު އަބްދުﷲ ހަސަން އެމްޑީއޭއަށް ސޮއި ކުރެއްވުމަށްފަހު ޕާޓީގެ އިސް ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިގެން-- ސަން ފޮޓޯ