އެމެރިކާގެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ކޮންޓްރެކްޓަރެއް، ކޮލޮރާޑޯގެ ހުރި މައިން އަކުން ވިހަތަކެތިތަކެއް ބޭރު ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި އޮތް ކޯރުތަކެެއް ތަޣައްޔަރު ވެއްޖެ އެވެ.

އޮންލައިން ނޫހެއް ކަމަށްވާ "އާރުޓީ" އިން ބުނީ މައިންއެއް ސާފު ކުރުމަށް ޓަކައި ދޫކޮށްލި ތިން މިލިއަން ގެލަންގެ ތަކެތީގެ ސަބަބުން ބޮޑު ކޯރެއް ކޮންޓެމިނޭޓްވެ، ނޫނީ ތަޣައްޔަރުވެ އޮރެންޖް ކުރަލައަށް ވަނީ ބަދަލުވެފައި ކަމަށެވެ.

އެ ވިހަ ތަކެތި ދަތުރު ކުރަމުން ގޮސް މިހާރު ވަނީ އެނީމަސް ރިވާ އާއި ސެން ޚުއާން ރިވާ އަދި އޫޓާގައި އިން ކޮލޮރާޑޯ ރިވާ ވެސް ހިމެނޭ ކަމަށް އާރުޓީ އިން ބުންޏެވެ.

މައިން އިން ދޫކުރި ވިހަ ތަކެތީގެ ތެރޭގައި ލެޑާއި ކޮޕާ އަދި އާސެނިކް ހިމެނެ އެވެ.

އެތަކެތީގެ ސަބަބުން ކޯރުތައް ކޮންޓެމިނޭޓްވެ ފަސް ސަރަހައްދެއްގެ ފެން ސަޕްލައި ސިސްޓަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. އެއާ އެކު ކޮލޮރާޑޯގެ ޑުރޭންގޯގައި އުޅޭ 15،000 އަށް ވުރެ ގިނަ މީހުންނަށް ބޯފެނަށް ދަތިވާނެ ކަމަށް ބެލެވޭއިރު ނިއު މެކްސިކޯގެ ފާމިންޓަންގެ 45،000 އަށްވުރެ ގިނަ މީހުންނަށް ވެސް ފެނަށް ދަތިވާނެ ކަމަށް އެ ނޫހުން ބުންޏެވެ.

ވިހަ ތަކެތީގެ ސަބަބުން ކޯރު ބޭނުން ނުކުރެވޭ ވަރުވެފައިވާ އިރު ގިނަ ބަޔަކު ހައިރާން ވެފައި ވަނީ އެހެން ސަބަބަކާ ހުރެ އެވެ. އެ ހާދިސާ ހިނގުމުގެ އެއް ހަފްތާ ކުރިން ވަނީ ރިޓަޔާޑް ޖިއޯލޮޖިސްޓެއް އެފަދަ ކަމެއް ވެދާނެ ކަމަށް ބުނެފަ އެވެ. އޭނާ ބުނެފައިވަނީ ފެޑެރަލް ފަންޑިން އެއް ހޯދުމަށް ޓަކައި އީޕީއޭ އިން އެ ކޯރުގެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށެވެ.