ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ބިދޭސީއެއްގެ ފައި ބިނދިއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ސަލްޓަން ޕާކު ކައިރީގައި ހިނގި އެކްސިޓެއްޓެއްގައި ފައި ބިނދުނީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ އުމުރުން 25 ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ބަންގްލަދޭޝް މީހާގެ ފައި ބިނދިފައި ވަނީ އާދައިގެ ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށެވެ. އަދި ބިދޭސީ މީހާ މަގު ހުރަސްކޮށްފައި ވަނީ ކަފިހުރަހަކުން ނޫން ކަމަށާއި އެކްސިޑެންގައި އެމީހާގެ ފައި ބިނދުމުން ސައިކަލުގައި އިން މީހާ ފިލަން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި ސައިކަލް ދުއްވި މީހާ ބަންގްލާދޭޝް މީހާ އަށް އެހީތެރިވެދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބަންގްލަދޭޝް މީހާގެ ފައިގެ ތަބިކަށި ބިނދުމުން އޭނާ އަށް އަދި ވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.