ވިލިމާލެ ފަރަށްއެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖު ފުން ކޮށްފި އެވެ.

ތެޔޮ ހިފައިގެން ވިލިނގިއްޔަށް ދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖު ވިލިނގިލީ ހުޅަނގު ދެކުނު ފަރާތު ފަރަށް އަރާފައި ވަނީ އިއްޔެ މެންދުރު 11:15 އެހާކަންހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ ތެޔޮބާޖު ފުންކުރެވުނީ ރޭ 9:40 ހާއިރު ކަމަށެވެ. އަދި ބޮޑު ގެއްލުމެއްނުވެ ތެޔޮބާޖު ފުންކުރެވިފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

ތެޔޮބާޖު ފަރަށް އަރަން ދިމާވި ސަބަބެއް ސާފެއްނުވެ އެވެ. އަދި ތެޔޮ ބާޖު ފަރަށް އެރުމާއި ގުޅިގެން ފަރަށް ގެއްލުމެއް ލިބުނު ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ސާފެއްނުވެ އެވެ.

އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.