ސައިކަލެއްގެ ވަށިގަނޑުން ވައްކަން ކުރި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހަކީ މި މަހުގެ އަށް ވަނަ ދުވަހުގެ 4:35 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާ ހޯދައި ނުފެނިފައިވާ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ 3:10 ހާއިރު މަޖީދީމަގުގައި ހުންނަ ސުޕަސޯލް ފިހާރަ ކުރިމަތީ ޕާކުކޮށްފައި ހުރި ސައިކަލެއް ކައިރީ ކަޅާއި ހުދު ރޮނގު ދެމި އަތްދިގު ޓީޝާޓެއް ލައިގެން ހުންނަ މީހަކު، އޭނާގެ ކުރިމަތީ ހުރި ސައިކަލެއްގެ ވަށިގަނޑުގައި ހުރި ކޮތަޅުތަކެއް ބަލާ މަންޒަރެވެ.

The Maldives Police Service is appealing for the public’s support in identifying the man caught on CCTV camera, in...

Posted byMaldives Police ServiceonThursday, August 13, 2015

އޭރު މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އެއްޗެހިން ވަނީ ތޮއްޖެހިފަ އެވެ. އަދި އިރުއިރުކޮޅާއި ސުޕަސޯލް ފިހާރަ ތެރެއަށް އެމީހާ ބަލާލުމަށްފަހު ވަށިގަނޑުގެ ތެރޭ އޮތް ކޮތަޅު ރަނގަޅުކޮށްލަ އެވެ. އެގޮތަށް ދެތިން ފަހަރަކު ހެދުމަށްފަހު ވަށިގަނޑުގެ ތެރޭ އޮތް ކޮތަޅު ނަގައިގެން ހިނގައިގަންނަ މަންޒަރު ވީޑިއޯއިން ފެނެ އެވެ.