އިންޑިއާގެ ޓުރިވެންޑްރަމުން ގެއްލުނު އުމުރުން ދުވަސްވީ ދިވެހި ފިރިހެން މީހާ ހޯދަމުންދަނިކޮށް މިސްކިތެއްގައި އިންދާ ފެނިއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް މިރޭ ފެނިފައި ވަނީ ތ. ތިމަރަފުށީ އިރުދޭމާގޭ މޫސާ ހަސަން،80، އެވެ.

މި ވަގުތު މޫސަ އާއެކު އިންޑިއާގައި ހުރި އޭނާގެ ދަރިއަކު "ސަން"އަށް ބުނީ އޭނާ ބައްޕަ ފެނިފައި ވަނީ ޕާޅިއަމް މިސްކިތުގައި ނަމާދަށް ހުއްޓާ ކަމަށާއި މޫސަގެ ހާލު ރަނގަޅު ކަމަށެވެ.

މޫސަ ގެއްލުނީ ހިނގަން ނުކުމެ އުޅެނިކޮށް މަގު އޮޅިގެން ކަމަށާއި އޭނާއަށް ޕާޅިއަމް މިސްކިތައް ދެވުނީ ބަހުގައި މީހަކު ގެންދިއުމުން ކަމަށް މޫސަގެ ދަރިފުޅު ބުންޏެވެ.

"ބައްޕަ ބަހަށް ލައިގެން ގެންގޮސްސަ ޕާޅިއަމް މިސްކިތުގައި އިންދަ ފެނުނީ،" މޫސަގެ ދަރިފުޅު ބުންޏެވެ.