14 Aug 2015, 09:46
އަންނަ ހޮނިހިރު ދުވަހުގެ ނިއަލަށް ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް)ގައި ހުރި އެހެން މީހުންގެ ތަކެތި ގެންދިއުމަށް އަންގައިފި އެވެ.
އެމްއީއެސްއަކީ ކުރިން މަންދުކޮލެޖް ހިންގި އިމާރާތެވެ. އެޑިއުކޭޝަން އިން ވަނީ ދާދި ފަހުން ކޮލެޖުގެ އެއްބަސްވުން އުވާލައި ކޮލެޖު ހިންގަމުން އައި އިމާރާތް ހުސްކުރަން އަންގައި މަންދު ކޮލެޖު އެ އިމާރާތުން ނެރެފަ އެވެ.
އެޑިއުކޭޝަނުން ބުނީ އެމްއީއެސްް ހިންގި އިމާރާތުގައި އެއްވެސް ފަރާތެއްގެ ތަކެތި ނުވަތަ މުދާ ހުރިކަމުގައިވާ ނަމަ، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއާ ގުޅައިގެން އެ ތަކެތި އެ އިމާރާތުން ނެރުން އެދޭ ކަމަށެވެ.

މަންދު ކޮލެޖުގައި ހުރި އިބުރާގެ ތަކެތި ނެރެގެން ކާރަށް އަރުވަނީ---- ސަން ފައިލް ފޮޓޯ
"މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުގެންގޮސްފި ނަމަ އެ ތަކެއްޗާ މެދު މި މިނިސްޓްރީއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން އަމަލު ކުރެވޭނެކަން އާންމުކޮށް އަންގައި އިއުލާނުކުރަން،" އެޑިއުކޭޝަނުން ބުންޏެވެ.
މަންދު ކޮލެޖު އެ އިމާރާތުން ނެރުމުން އެކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބުރާ)ގެ ރޫމްގައި ހުރި ތަކެތި ގެންގޮސްފަ އެވެ. ނަމަވެސް އެ ކޮލެޖުގެ އެހެން ހުރިހާ ތަކެތި ގެންގޮސްފައެއް ނުވެ އެވެ.
އެމްއީއެސް އިމާރާތުގައި މިހާރު ދަނީ ގައުމީ ޔުނިވާސިޓީގެ ބައެއް ކުލާސްތައް ހިންގަމުންނެވެ.