ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.

އެމެރަން އެގޮތަށް ވިދާޅުވީ ރައީސް ނަޝީދަށް ފޮނުއްވެވި ސިޓީފުޅެއްގައި ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ނަޝީދުގެ ފަރާތުން ލިބުނު ތާއީދާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ކޮންޒަވެޓިވް ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބާއެކު ޒިންމާދާރު ކަމާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސަތުތަކާ މެނިފެސްޓޯ ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ކެމެރަން ވިދާޅުވި އެވެ.