ހޮޓެލް ޖެން އިން މިއަހަރު ރޯދަ މަހާ ގުޅިގެން ކުރިއަށް ގެންދިޔަ "ހޮޓެލް ޖެން ރަމަޟާން އިފްތާރު ޕްރޮމޯޝަން"ގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

އެ ޕްރޮމޯޝަނަކީ ރޯދަމަހު ހޮޓެލް ޖެން އިން ރޯދަ ވީއްލައިގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި ޗައިނާގައި ތިން ދުވަހުގެ ހުރުމާއި ދެކޮޅު ޓިކެޓް ހިލޭ ލިބެ އެވެ. އޭގެ އިތުރުން އެއް ނަސީބުވެރިއަކަށް މާލޭގައި ހުންނަ ހޮޓެލް ޖެންގައި ތިން ދުވަހު ހުރެލުމަށް ފުރުސަތު ލިބެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެގޮތުން ޕްރޮމޯޝަންގެ އަގުހުރި އެއް ވަނަ އިނާމު ހާސިލްކޮށްފައި ވަނީ ހ. ވައިޖެހޭގެ، އައިޝަތު ސަރާ ވިސާމެވެ. އިނާމެއްގެ ގޮތުން މެގަ މޯލްޑިވްސްގެ ބިޒްނަސް ކުލާހުގައި ޗައިނާގެ ވެރިރަށް ބެއިޖިންއަށް ގޮސް އެތަނުގައި ހުންނަ ހޮޓެލް ޖެންގައި ތިން ދުވަހުގެ ހުރުން މުޅިން ހިލޭ ލިބޭނެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ދެ ވަނަ އިނާމަކަށް ލިބެނީ މެގަ މޯލްޑިވްސްގެ އިކޮނޮމީ ކްލަހުގައި ހޮންކޮންގް އަށް ދަތުރުކޮށް، ހޮންކޮންގް ގައި ހުންނަ ހޮޓެލް ޖެންގައި ތިން ދުވަސް ވަންދެން ހުރެލުމެވެ. އެ އިނާމު ހާސިލް ކުރި ނަސީބުވެރިއަކީ ގ. ހޭޅި، އަބްދުﷲ ޝަބީން އެވެ.

ތިން ވަނަ އިނަމަކީ ބޭނުންވާ އެކަކާ އެކު މާލޭގައި ހުންނަ ހޮޓެލް ޖެންގައި ތިން ދުވަހު، ތިންގަޑީގެ ކެއުމާއި ސްޕާގެ ހިދުމަތާއެކު ހުރެލުމެވެ. އެ އިނާމު ހާސިލް ކުރި ނަސީބުވެރިޔަކީ މުހައްމަދު މަމްދޫހެވެ.