13 Aug 2015, 17:24
ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު ރަޖީވް ޝަހާރޭ އެހެން ގައުމެއްގެ ސަފީރުކަމަށް ބަދަލުކޮށްފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑެންމާކުގައި ހުންނަވާ އިންޑިއާ ސަފީރަކަށް ޝަހާރޭ ހަމަޖައްސަވާފައިވާ ކަމަށެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުގެ މަގާމަށް ސަހާރޭ އައްޔަން ކުރީ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭޕްރީލް 10، 2013ގަ އެވެ. އޭނާއަށް އެ މަގާމާ ހަވާލުވެވަޑައިގެންނެވީ އިންޑީއާއިން ރާއްޖޭއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑީއެމް މުލޭ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ، އިންޑިއަން ކޮންސިލް ޖެނެރަލަކަށް ބަދަލު ކުރުމުންނެވެ.