ފުރާވަރު އަންހެންކުދިންގެ މެދުގައި މަޤުބޫލް ޑްރާމާ ސިލްސިލާ "ޕްރިޓީ ލިޓްލް ލަޔާޒް" ގެ ބަތޮލާއިންނަށް ހަ ސީޒަން ވަންދެން ޖެއްސުން ކުރަމުންދިޔަ "އޭ" އެއީ ކާކުކަން ސީޒަން ހައެއްގެ މިޑް-ސީޒަން ފިނޭލީގައި ހާމަކޮށްފިއެވެ.

"އޭ" އެއީ ކާކުކަން ބެލުންތެރިން އެކި ގޮތްގޮތަށް ނިންމަމުން ދަނިކޮށް އޭބީސީ ފެމިލީގެ އުފެއްދުމެއް ކަމުގައިވާ މި ޑްރާމާ ސިލްސިލާގެ އެންމެ ބޮޑު ސިއްރު ފަޅާއަރައިގެންދިޔުންވީ ބެލުންތެރިން ސިއްސުވާލި ކަމަކަށެވެ.

"ޕްރިޓީ ލިޓްލް" ލަޔާސްގެ މަންޒަރެއް ---

"ޕްރިޓީ ލިޓްލް ލަޔާޒް"ގެ ބަތަލާއިން ސީޒަން ފަހެއްގައި "އޭ" އެއީ ޗާލްސް ޑިލޮއުރެންޓިސް ކަން ހޯދި ހޯދުން އެއީ ހަމަ ރަނގަޅު ހޯދުމެކެވެ. ޗާލްސް އެއީ އެލިސަންގެ ބޭބެއެކެވެ. އެލިސަންގެ ބޭބެ ޖޭސަން އާއި އެއްމާބަނޑު ކުއްޖެކެވެ.

ޗާލްސް ވަނީ ކުޑައިރު އޭނާގެ މައިންބަފައިން މޮޔައިންގެ މަރުކަޒަކަށް ފޮނުވާލައިފަ އެވެ. އެތާ އުޅެ ބޮޑުވަމުން ފުރާވަރު ދުވަސްވަރު އޭނާގެ ނަން ޗާރލޮޓް އަށް ބަދަލުކުރިއެވެ. މިކަން ހަމަ އެކަނި އެނގޭ މީހަކަށް ހުރީ އޭނާގެ މަންމަ އެވެ.

އޭނާގެ މަންމަ ފަހުން ވަނީ އޭނާ މަރުވިކަމަށް ބުނެ ޖަނާޒާއެއް ވެސް ބާއްވާފައެވެ.

ފަހުން އޭނާ "ސީސީ ޑްރޭކް" އަށް ވެގެން މޮޔައިންގެ މަރުކަޒުން ވަގަށް ފިލައި އެލިސަން އާއި ޖޭސަން އާއި ބައްދަލުކުރަން ފެށިއެވެ.

"ޕްރިޓީ ލިޓްލް" ލަޔާސްގެ މަންޒަރެއް ---

"ޕްރިޓީ ލިޓްލް ލަޔާޒް"ގެ މިޑް-ސީޒަން ފިނާލީ ވެގެންދިޔައީ އެދުވަހު އެންމެ ގިނަ މީހުން ބެލި ޑްރާމާ ސިލްސިލާއަށެވެ. ޖުމްލަ 3.1 މިލިއަން މީހުން އެ އެޕިސޯޑު ބެލިއެވެ.