13 Aug 2015, 10:37
ޔޫއެފާއިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރީންގެ ތެރޭގައި ސްޕެނިޝް ލީގްގެ ބާސެލޯނާގެ ދެ ކުޅުންތެރިން ކަމުގައިވާ ލިއޮނަލް މެސީއާއި އުރުގުއޭގެ ލުއިސް ސުއަރޭޒްގެ އިތުރުން ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެއެވެ.
މިތިން ކުޅުންތެރިންގެ ތެރެއިން މިއެވޯޑް ލިބޭ ކުޅުންތެރިޔާ ހޮވުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިމަހު 27 ވަނަ ދުވަހު ފްރާންސްގެ މޮނާކޯ ގައި ބާއްވާ ޔޫއެފާ ޗެމްޕިއަންސް ލީގް ގުރުނެގުމުގެ ރަސްމިއްޔާތުގައެވެ.
ދެހާސް ދިހަ ވަނަ އަހަރު ތާރަފް ކުރި މިއެވޯޑަށް މިހާތަނަށް ހަތަރު ކުޅުންތެރިޔަކު ހޯދާފައިވާއިރު، ރޮނާލްޑޯ ވަނީ މިއިން ކޮންމެ ފަހަރަކުވެސް ގަދަ ތިނަކަށް ނޮމިނޭޓްވެފައެވެ.
ދެހާސް އެގާރަ ވަނަ އަހަރު މިހާތަނަށް މިއެވޯޑް ބާސާގެ ދެކުޅުންތެރިޔަކު ވަނީ ހޯދާފައެވެ. އެއީ 2011 ވަނަ އަހަރު މިއެވޯޑް އެންމެ ފުރަތަމަ ހޯދީ މެސީއާއި 2012 ވަނަ އަހަރު އަންދުރޭ އިނިއެސްޓާއެވެ.
ދެހާސް ތޭރަ ވަނަ އަހަރު ބަޔާން މިޔުނިކްގެ ފްރޭންކް ރިބެރީ ހޯދިއިރު މިދިޔަ އަހަރު މިއެވޯޑް ހޯދާފައިވަނީ ރޮނާލްޑޯއެވެ.
މިއެވޯޑަށް ވޯޓް ދެނީ ޔޫއެފްއާގެ މެންބަރު އެސޯސިއޭޝަންތަކާއި ނޫސްވެރިންނެވެ.