ފްލައިޓެއްގެ ފިޔަގަނޑެއްގެ ބައެއްކަމަށް ބެލެވޭ އެއްޗެއް ފަޅުރަށެއް ކަމުގައިވާ ލ. މެންދޫ ފަޅުތެރެއިން ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަކެތި ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން އެތަކެތި ތަހުލީލު ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ލ. މެންދޫ ފަޅުތެރޭން ފެނުނު މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް -- ސަން ފޮޓޯ: ކިޔުންތެރިއެއް

މީގެކުރިން ކ. ބަނިއަން ޓްރީ ރިސޯޓާއި އަދި ބައެއް ރަށްތަކުން ވެސް ވަނީ ފްލައިޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗިހިތަކެއް ފެނިފައެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީން ވަނީ އެތަކެތި މެލޭޝިޔާގެ ސަރުކާރާ ހަވާލުކުރުމަށް ނިންމާފައެވެ.