12 Aug 2015, 15:25
ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ސުޕްރީމް ކޯޓުން މިއަދު ފޮނުވި އާންމު ސިޓީގައި ވަނީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކަށް ނުނިމި ހުރި މައްސަލަތައް ކޯޓުތަކުގައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން އެ މައްސަލަތައް ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ނިންމޭ ގޮތަކަށް ކޯޓުތަކުން ކޭސް މެނޭޖް ކުރުމަށް ވަނީ އަންގާފަ އެވެ. އަދި އެކަމަށް ފަހިވާގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހަމަޖެއްސޭނެ ކަންތައް ހަމަޖެއްސުމަށް ވެސް ވަނީ އަންގާފަ އެވެ.