12 Aug 2015, 14:36
މާލެއިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗަކަށް ހޮނުއަޅައިފި އެވެ.
ފުލުހުންގެ ސަން އަށް މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 12:15 އެހާކަންހާއިރު އެ ލޯންޗަށް ހޮނުއަޅާފައި ވަނީ ތެޔޮ ފުނަދޫ ކައިރިން ކަމަށެވެ.
އެ ލޯންޗުން ކެޕްޓަނާ އެކު ފަޅުވެރިޔަކު ދަތުރުކުރި އިރު، އޭގެތެއިން ކެޕްޓަނަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.