ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ބަލައިގެންފި އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގަތީ 57 މެމްބަރުންގެ ވޯޓުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލަށް މެމްބަރުން ބަހުސް ކުރައްވާފަ އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރަން ޖެހޭނީ ސިޔާސީ ކުލައިން އެއްފަރާތް ވެގެން ކަމަށެވެ.

ބިލުގެ ހުށަހެޅުއްވި މެމްބަރު ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ އެ ބިލު ހުށަހެޅުއްވީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ތަންޒީމު ކުރަން ކޮމިޝަނެއް އުފެއްދުމަށް ކަމަށެވެ.