ފަންސުރު ގިނަ ބަޔަކު ބޭނުން ކުރަނީ ލިޔާށެވެ. ތަންކޮޅެއް ކުޑަ އިރު ތުއްތު ކުދިން ފަންސުރުގެ ތުނޑު ކައިވެސް ހަދައެވެ. ނަމަވެސް ފަންސުރުގެ ތުނޑުން ލިޔުމާއި ކުރެހުން ފިޔަވައި މީހެއްގެ އަތުގެ ކުޅަދާނަކަން ދައްކުވައިދޭ ތަފާތު ކަމެއް ދެކުނިން ހެޔެވެ.

ފަންސުރުގެ ތުނޑު ބޭނުންކޮށްގެން ޖޯޑްޖެވިކް ހަދާފައިވާތަފާތު ޑިޒައިންތަކުގެ ތެރެއިން -- ފޮޓޯ -- ރޮއިޓާސް

ބޮސްނިއާއަށް އުފަން ހުނަރުވެރި ކުރެހުންތެރިއެއް އަދި ތަފާތު ހުނަރުތަކުގެ ވެރިއެއް ކަމަށްވާ ޖެސެންކޯ ޖޯޑްޖެވިކް މިވަނީ ފަންސުރުގެ ތުނޑު ބޭނުންކޮށްގެން ތަފާތު ހުނަރެއް ދައްކާލާފައެވެ.

ފަންސުރުގެ ތުނޑު ބޭނުންކޮށްގެން ޖޯޑްޖެވިކް ހަދާފައިވާތަފާތު ޑިޒައިންތަކުގެ ތެރެއިން -- ފޮޓޯ -- ރޮއިޓާސް

ކުޑަ ކަޓަރު ތިލައަކާއި ކުޑަ ކަށިގަނޑެއް ބޭނުންކޮށްގެން ފަންސުރުގެ ތުނޑު ކަފައިގެން ތަފާތު ޑިޒައިންތަށް ތައްޔާރުކޮށްފައި ހުއްނަނީ ވަރަށް ފުރިހަމައަށެވެ. އެންމެ އިންޗިއެއް ހުންނަ ފަންސުރުގެ ތުނޑު ބޭނުންކޮށްގެން ޖޯޑްޖެވިކް ހަދާފައިވާ ތަކެތީގެ ތެރޭގައި މީހުންގެ ސޫރަ، ޖަނަވާރު، ދޫނި، މާފަދަ ތަކެތި ހިމެނެ އެވެ. ޖޯޑްޖެވިކް އެންމެ ގަޔާވާ އެއްޗަކީވެސް ފަންސުރުގެ ތުނޑެވެ.

ފަންސުރުގެ ތުނޑު ބޭނުންކޮށްގެން ޖޯޑްޖެވިކް ހަދާފައިވާތަފާތު ޑިޒައިންތަކުގެ ތެރެއިން -- ފޮޓޯ -- ރޮއިޓާސް

މިހާރު އުމުރުން 32 އަހަރުގެ ޖޯޑްޖެވިކް ކުޑައިރުން ފެށިގެން ކުރަމުން އައި އެމަސައްކަތް ބޮޑުވަމުން އައިވަރަކަށް އައީ ހުނަރުތަރައްގީވެ މަސައްކަތް ރީތިވަމުންނެވެ.

ފަންސުރުގެ ތުނޑު ބޭނުންކޮށްގެން ޖޯޑްޖެވިކް ހަދާފައިވާތަފާތު ޑިޒައިންތަކުގެ ތެރެއިން -- ފޮޓޯ -- ރޮއިޓާސް

އުފެއްދުންތެރިކަމާއި އާޓްގެ ދާއިރާއިން ގިނަ ހުނަރުތަކެއް ލިބިފައިވާ ޖޯޑްޖެވިކް ވަނީ 2007 ވަނަ އަހަރު 1.5 މިލިމީޓަރު ހުއްނަވަރުގެ ކުޑަ ބޯޓެއް ހަދައިގެން ދުނިޔޭގެ ރިކޯޑް ފޮތަށް އެރުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އޭނާގެ ހުށަހެޅުން ބަލައިގެންފައި ނުވަނީ އެއީ ރިކޯޑު ފޮތުގައި ހިމެނޭ ކެޓަގަރީއެއް ނޫންކަމަށް ބުނެ އެވެ.