12 Aug 2015, 11:08
މިހާރަށް ބަލާއިރު ގިނަ ބަޔަކު ހަބަރު ކިޔުމަށް ބޭނުންކުރަނީ ފޭސްބުކެވެ. ނަމަވެސް އަވަސް ހަބަރެއް އައި ނަމަވެސް އެހަބަރެއް ފޭސްބުކުން ފެންނަނީ ހަމަ އެކަނި އެވަގުތު ފޭސްބުކްގައި އުޅޭ ނަަމަ އެވެ. ނަމަވެސް މިހާރު ފޭސްބުކުން މަސައްކަތް ކުރަމުން ދަނީ އެކަން ބަދަލުކޮށްލަން ކަމަށް ބިޒްނަސް އިންސައިޑާ އިން ރިޕޯޓުކޮށްފި އެވެ.
މިހާރު ފޭސްބުކުން މަސައްކަތް ކުރަމުން ދަނީ އަވަސް ހަބަރު ތަކުގެ އެލާޓް ފޯނަށް ވަގުން ދާގޮތް ހެދުމަށް އާ އެޕްލިކޭޝަނެއް ތައާރަފް ކުރުމަށެެވެ. އެ އެޕްލިކޭޝަންގެ އެހީގައި ކޮންމެތަނަކުން އަވަސް ހަބަރެއް ހާމަކުރި ނަމަވެސް އެހަބަރެއްގެ އެލާޓް ފޯނަށް ދާނެ އެވެ. މިއީ ހަބަރު ކިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުފާވެރި ހަބަރެކެވެ.
އެ އެޕްލިކޭޝަންގެ އެހީގައި އެމީހަކު ކިޔަން ބޭނުން ނުވާ ހަބަރާއި ބޭނުންވާ ހަބަރު ވަކިކޮށް އެލާޓް ލިބޭގޮތަށްވެސް ހެދެ އެވެ. ފުރަތަމަ ފަށާއިރު ބައެއް ހަބަރު ވެބްސައިޓްތަކުގެ ހަބަރުތަކުން އެލާޓް ލިބޭގޮތަށް ހެދި ނަމަވެސް އެކަން ފަހުން ބަދަލުކޮށް މުޅި ދުނިޔޭގެ ހުރިހާ ހަބަރުތަކަކުން އެލާޓް ލިބޭގޮތަށް ހަދާނެ ކަމަށް ފޭސްބުކުން ވަނީ ބުނެފައެވެ.
އަވަސް ހަބަރުގެ އެލާޓް ފޯނަށް މިހާރު ލިބެނީ ހަމައެކަނި ޓްވިޓަރ މެދުވެރިކޮށެވެ.